Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުމެއް އަރައިިފި

މިއަދު ހެނދުނު އިރުއަރައިގެން އައި ވަގުތުގައި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ލޮޅުމެއް އެރިކަމުގެ ރިޕޯޓް ލިބިފައިވުމުން އެކަންތައް އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެގޮތުން މިއަދު ހެނދުނު 6:30 ހާއިރު ލޮޅުމެއް އެރިކަމުގެ ރިޕޯޓް ކޮށްފައިވާ ރަށްތަކުގެ ތެރޭގައި އެއަތޮޅު ހިންނަވަރާއި މާފިލާފުށީގެ އިތުރުން އައަތޮޅުގެ ބައެއް ރިސޯޓްތަކުންވެސް ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓް ކޮށްފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.

ހިންނަވަރުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެވަގުތު އޭނާ ގޭގެ ދޮރުމަތީގައި ހުއްޓައި ބިންގަނޑާއެކު ގެތަކަށްވެސް ވަރަށްބޮޑު ގުޑުމެއް އައިކަމަށާއި އެއީ ބިންހެލުމެއް ކަމަށް ހީކޮށް ވަރަށް ބިރުގަތް ކަމަށެވެ.

ނަމަވެސް މެޓް އޮފީހުން ބުނެފައިވަނީ އެއަތޮޅުގެ ރަށްތަކަށް އައީ ބިންހެލުމެއް ކަމަށް އެބޭފުޅުންގެ ސިސްޓަމްތަކުން ދައްކާފައި ނުވާކަމާއި ލަފާ ކުރެވޭ ގޮތުން އެއީ ކަނޑުއަޑިން ހަމައެކަނި އަސަރަހައްދުގެ ބިންގަނޑަށް އައި ލޮޅުމެއް ކަމަށެވެ. މިއީ ރާއްޖޭގައި އާންމުކޮށް ނުވާކަމަކަށްވެފައި މިކަން އިތުރަށް ދިރާސާ ކުރެވެމުންދާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.