Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ރުކަކުން ވެއްޓުނު ޒުވާނަކު އައިސީޔޫގައި، ސީރިއަސް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ރުކަކުން ވެއްޓުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ/ފަލާހް ހާތިމް ފައުޒީ، 31، ރުކުން ވެއްޓި ޖެހިފައި ވަނީ ބިންމަތީގައި ހުރި ގާފުނިތަކެއްގެ މަތީގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާޒިމް ވެއްޓުނީ ގާތްގަނޑަކަށް 20 ފޫޓު ދިގު ރުކަކުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބް ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށާއި ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

އޭނާ ވިދާޅުވީ ހާތިމްގެ ފަޔާއި އަތް ވެސް ބިންދައިގެން ގޮސް ބޮލަށް ވެސް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.