Last Updated: May 8, 18:18
Wednesday, May 8, 2024
ޚަބަރު

ރުކަކުން ވެއްޓުުނު ޒުވާނާ މަރުވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ރުކަކުން ވެއްޓުމުގެ ސަބަބުން ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ސ.ހިތަދޫ / ފަލާހް، ހާތިމް ފައުޒީ(31އ)އެވެ.

ހާތިމް ނިޔާވިކަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ނަޖީބު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިއަދު މެންދުރު ފަހު ހާތިމް ރުކަަކުން ވެއްޓުމާއި އެކު އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށީ ވެސް އައިސީޔޫގައެވެ.

ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި ހާތިމްގެ އެނާގެ ބޮލަަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެނައި އިރުވެސް އެނާގެ ހާލު ސީރިއަސް ކަމަށެވެ.