Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

ރޯދަ ރަހަ: ބަޓިކް ކޭކް

* ބޭނުންވާ ތަކެތި:

2 ޖޯޑު މައިލޯ
4 ބިސް
1 ދަޅު ގެރިކިރު
1 ޕެކެޓް މާރީ ބިސްކޯދު
2 ސައިސަމުސާ ވެނީލާ އެސެންސް
150 ގުރާމް ބަޓަރު

* ތައްޔާރު ކުރާނެ ގޮތް:

މައިލޯ، ގެރިކިރު އަދި ބިސް ތައްޓަކަށް އަޅާލުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. ދެން ގިރައިލި ބިހުގެ ތެރެއަށް ބަޓަރު އެޅުމަށް ފަހު ފުލުގައި ހިފިޔަ ނުދީ މަޑުގިނީގައި ކައްކާށެވެ. ކަސްޓަޑް ގޮތަށް އޮލަވުމުން އުނދުން ނިއްވައިލާށެވެ.

އެއަށް ފަހު ޓްރޭއެއްގައި ދެބައިކުޅަ އެއްބަޔަށް ފަށަލައަކަށް ވާގޮތަށް ޓްރޭގެ ތެރެއަށް މައިލޯ ސޯސްގަނޑު އޮއްސައިލާށެވެ. ދެން އޭގެ މަތީގައި މާރީ ބިސްކޯދުތައް އަތުރައިލާށެވެ. ދެން ބިސްކޯދުތަކުގެ މައްޗަށް މައިލޯ ސޯސްގަނޑު އެޅުމަށް ފަހު އޭގެ މަތީގައި އަނެއްކާ ވެސް ބިސްކޯދުތައް އަތުރައިށެވެ. މިގޮތަށް ފަހަރަކު ފަށަލައެއް ހުސްވަންދެން ތަކުރާރު ކުރާށެވެ. އެއަށް ފަހު ޓްރޭގެ މަތި ބަންދު ކުރުމަށް ފަހު ފްރިޖްގައި ބަހައްޓާށެވެ.