Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

"މުލްކް" ޖުލައި 27 ގައި

ރިޝީ ކަޕޫރާއި ތާޕްސީ ޕައްނޫ މުހިއްމު ރޯލްތަކެއް ކުޅެފައިވާ ފިލްމް "މުލްކް" އަންނަ ޖުލައި މަހުގެ 27 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

ފިލްމަކީ "ތުމް ބިން" ފަދަ ކާމިޔާބި ފިލްމްތައް ގެނެސް ދިން އަނޫބަވް ސިންހާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ގެނެސް ދިނީ 2016 ގައި ރިލީޒް ކުރި "ތުމް ބިން 2" އެވެ.

ތާޕްސީ އާއި ރިޝީ ވަނީ ފިލްމްގެ މަންޒަރުތަކެއް އެ މީހުންގެ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "މުލްކް" ގައި ތާޕްސީ ފެނިގެން ދާނީ ރިޝީގެ ޅީދަރިޅުގެ ރޯލުންނެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރަތީކް ބައްބަރް، ރަޖަތު ކަޕޫރް، ނީނާ ގުޕްތާ، އަޝުތޯޝް ރާނާ އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ.

ބަނާރަސް އާއި ލަކްނޫގައި ޝޫޓްކޮށްފައިވާ "މުލްކް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަނީބަވް އާއި މުސްތާގް ޝެއިހް އެވެ.