ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން ތާވަލްކޮށްފިއެވެ.
މައުމޫންގެ ޝަރީއަތެއް މިއަދަށް ތާވަލް ކުރީ އެމަނިކުފާންގެ ސިއްހީ ހާލުކޮޅު ދެރަވެގެން ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.
މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ކުރެއެވެ. އެގޮތުން މީގެ ކުރިން ކޯޓުން ވަނީ އެދެބޭފުޅުންގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން ބާއްވާފައެވެ.
މީގެ އިތުރުންވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް ވަނީ މިއަދަށް ތާވަލްކޮށްފައެވެ.
ސިނާންގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 1 ޖަހާއިރުއެވެ. ސިނާން ހައްޔަރުކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވި ތަނުންނެވެ.