Last Updated: April 23, 14:18
Tuesday, April 23, 2024
ރިޕޯޓް

ސައިފަތް: ފުއްޕާމޭގެ ކެންސަރަށް ޝިފާއެއް

އިންޑިއާ އާއި އިނގިރޭސިވިލާތުގެ ސައެންޓިސްޓުން ތަކެއްގެ ދިރާސާއަކުން، ސައިފަތް ބޭނުންކުރުމުން ފުއްޕާމޭގެ ކެންސަރު ޖައްސާ ސެލްތައް 80 އިންސައްތައަށް ނައްތާލާކަމަށް ސާބިތުކޮށްދިފިއެވެ. މި ދިރާސާއަކީ އެންމެ ފުރަތަމަ ސައިފަތުގައި އެކުލެވޭ ނެނޯ ޕާޓިކަލް އެއް ބޭނުން ކޮށްގެން އައު ނެނޯ ޕާޓިކަލްއެއް ކަމަށްވާ 'ކުއަންޓަމް ޑޮޓްސް' އުފެއްދިދާނެތޯ ބެލުމަށް ކުރި ދިރާސާއެކެވެ.

އިނގިރޭސިވިލާތުގެ ސްވެންސީ ޔުނިވާސިޓީގެ ޕްރޮފެސަރެއްކަމުގައިވާ ސުދަގަރް ޕިޗައިމުޕް ބުނިގޮތުގައި އެމީހުންގެ ކުރީގެ ދިރާސާތަކުން ސާބިތުކޮށްދިން ގޮތުގައި ސައިފަތަކީ 'ކުއަޓަމް ޑޮޓްސް' އުމެއްދުމަށް ބޭނުން ކުރެވިދާނެ ނޮން ޓޮކްސިކް އެއްޗެކެވެ.

ނަމަވެސް ހައިރާން ކުރަނިވި ދިރަސާއަކަށް ވެގެން ދިޔައީ ސައިފަތް ބޭނުން ކޮށްގެން އުފެއްދި 'ކުތަންޓަމް ޑޮޓްސް' އިންސާނުންގެ ފުއްޕާމޭގެ ކެންސަރު ޖައްސާ ސެލްތައް އުފެދުމަށް ހުރަހަކަށް ވާކަން ހޯދުމެވެ.

ސައިފަތަކީ ވަރަށް ގިނަ އަދަދަކަށް ޕިލޮ ފެނޯލްސްއާއި އެމިނޯ އެސިޑްސްއާއި ވިޓަމިންސް އަދި އެންޓި އޮކްސިޑެންޓްސް އޭގައި އެކުލެވޭ އެއްޗަކަށްވުމުން މިއިން އުފައްދާ ނެނޯ ޕާޓިކަލްސްއިނ 80 އިންސައްތައަށް ފުއްޕާމޭގެ ކެންސަރު ޖައްސާ ސެލްތަށް ނައްތާލައެވެ.

އެހެންކަމުން ސައިފަތަކީ އަޅުގަނޑުމެން އެންމެނަށްވެސް ވަރަށްފައިދާ ހުރި އެއްޗެއްކަން މިވަނީ ސާބިތުވެފައެވެ. މިއީ އަގުހެޔޮ އަދި ފަސޭހައިން ލިބޭ އެއްޗެއްކަމަށް ވުމުން ކޮންމެ ދުވަހަކުވެސް އެއްފަހަރުނަމަވެސް ސައި ބުއިން މިއީ މިހާރު އާދަޔަކަށް ހަދަން ވަރަށް ރަނގަޅު ކަމެކެވެ.