Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

އެމްޑީޕީ އުވައިލާނެކަމުގެ އިންޒާރު ދީފި

އިލެކްޝަން ކަމިޝަނުގެ އާ ރައީސް އަހުމަދު ޝަރީފް، ފޮޓޯ: މިހާރު

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އުވާލާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދީފިއެވެ.

އީސީން އެމްޑީޕީއަށް ފަހުގެ އިންޒާރު ދީފައި މިވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސައި، ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރަން ނިންމާފައިވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ސޮއިކުރައްވައި އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުށެއް ސާބިތުވެފައިވާ ނަޝީދު ޕާޓީގެ ޕްރައިމަރީގައި ބައިވެރިވެފައިވާކަން އެނގިފައިވާ ކަމަށާއި އެމަނިކުފާނަކީ ރިޔާސީ ޕްރައިމަރީއެއްގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.

އެހެންކަމުން ނަޝީދު ބައިވެރިވާ ޕްރައިމަރީއެއް ބަލައިނުގަނެވޭނެ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީއަށް އަންގާފައެވެ.

ނަމަވެސް ނަޝީދު ވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައިވާ ކަމަށާއި ވާދަނުކުރުމަށް ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.