އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވެޑައިގަންވާތީ އެޕާޓީ އުވާލުމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އީސީއަށް ސުވާލެއް އަމާޒުކޮށްފިއެވެ.
މަހްލޫފް ކުރި ޓުވީޓުގައި ބުނެފައިވަނީ ޕާޓީވެސް އުވާލެވިދާނެ ކަމަށާއި އެންމެން ޖަލަށް ވެސް ލެވިދާނެ ކަމަށެވެ. ނަމަވެސް ނަމަވެސް ބައެއްގެ ވިސްނުމާއި ފިކުރު އުވާލައި، ޖަލަށް ލާނީ ކިހިނެއްތޯ މަހޭ ވަނީ ސުވާލުކޮށްފައެވެ.
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ބައިވެރިވެވަޑައިގެންނެވުމަށް ފޯމު ހުށައެޅުއްވުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ނަޝީދަށް ވާދަނުކުރެވޭނެ ކަމަށް ބުނެފައެވެ.
ނަމަވެސް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ބަޔަކު އަދި ޕްރައިމަރީއިން އެޕާޓީގެ ޓިކެޓު ދޭނެ މީހަކު ކަނޑައަޅާނީ ޕާޓީގެ މެމްބަރުން ކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ބުނެފައިވެއެވެ. އަދި ނަޝީދު ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ މަތިން 700 އަށްވުރެ ގިނަ ތާއީދު ފޯމުވެސް ޕްރައިމަރީގައި ބައިވެރިވުމަށް ހުށައަޅާފައެވެ.
ނަޝީދަށް ތާއީދުކޮށް އެމްޑީޕީގެ 7،000 މެމްބަރަކު ވަނީ ތާއީދު ފޯމުގައި ސޮއިކޮށްފައެވެ. ނަޝީދު ވަނީ އެމަނިކުފާނަށް އިންތިޚާބުގައި ބައިވެރިނުވެވޭ ނަމަ ވަކި ސަރުކާރެއް ރާއްޖޭގައި ގާއިމްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.