Last Updated: March 28, 18:00
Thursday, March 28, 2024
ރިޕޯޓް

ރޯދަ ރަހަ: ހިކިމޭބިސް ކަދުރު ބަތް

* ބޭނުންވާ ތަކެތި:

400 ގްރާމް ހަނޑޫ
2 ދެ ޗިކަން ސްޓޮކް
1 ފިޔާ ބޮޑު (ކުދިކޮށް ކޮށާފައި)
1 ޓޮމާޓޯ (ކަރުގަނޑު ނަގާ ކުދިކޮށް ކޮށާފައި)
4 ލޮނުމެދު (ޗަސްކޮށްފައި)
1 އިންޗި އިނގުރު (ޗަސްކޮށްފައި)
1 ކާފުރު ތޮޅި
2 އިންޗީގެ ހަތަރު ރާނބާފަތްކޮޅު
2 މޭޒުމަތީ ސަމުސާ ގިތެޔޮ
ގްރާމް ހިކިމޭބިސްކަދުރު
2 ބޭލީފް
ރަހަލާ ވަރަށް ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ހަނޑޫ ދޮވެލުމަށް ފަހު އެއްޗަކަށް ނަގައި ހިއްކަން ބަހައްޓާށެވެ. ދެން ގިތެޔޮ ފޮދުގައި ލޮނުމެދު، އިނގުރު، ކާފުރު ތޮޅި، ކަރަންފޫ އަޅާފައި ކުޑަކޮށް ހަނާވީމާ ފިޔާ އަޅާފައި މުށިކުލަ އެރުމުން ޓޮމާޓޯ ކޮޅު އަޅާ ހަނާކޮށްލާށެވެ.

ދެން ހަނޑޫ އަޅާފައި ތިން މިނެޓެއްހާ އިރު ހަނޑޫގަނޑު ހަނާކޮށް ހިކި މޭބިސް ކަދުރު، ބޭލީފް އާއި ޗިކަން ސްޓޮކް އަޅާ ލޮނާ ފެން އަޅާ ރަހަ ހެޔޮވަރުކޮށް ކައްކާށެވެ. ބަތް ކެކުކުމުން ހުންނާނީ ބަތް ޗަސްނުވެ ރީތިކޮށް ރޫޅިފައި ހުންނަ ވަރަށެވެ.