Last Updated: April 24, 18:14
Wednesday, April 24, 2024
މުނިފޫހިފިލުވުން

ތައްބޫ ވެސް "ބާރަތު" އިން ފެންނާނެ

ސަލްމާން ހާންގެ ފިލްމް "ބާރަތު" ގެ ރޯލަކަށް ތައްބޫ ވެސް ސޮއިކޮށްފި އެވެ.

ފިލްމްގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ. އޭނާ ބުނީ ކުޅަދާނަ ބަތަލާއާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބޭތީ ވަރަށް އުފާވެފައިވާ ކަމަށެވެ.

ތައްބޫ މީގެ ކުރިން ވެސް ވަނީ ސަލްމާނާ އެކު މަސައްކަތްކޮށްފަ އެވެ. އެގޮތުން 2014 ގައި ރިލީޒް ކުރި "ޖެއި ހޯ" ގައި ސަލްމާންގެ ދައްތައެއްގެ ރޯލް ކުޅެފައިވެ އެވެ.

"ބާރަތު" ގައި ސަލްމާނާ އެކު ބަތަލާއިންގެ ގޮތުގައު ފެނިގެން ދާނީ ޕްރިޔަންކާ ޗޯޕްޅާ އާއި ޑިޝާ ޕަޓްނީ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ މި ފިލްމްގެ ރޯލަކުން މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ވެސް ފެނިގެން ދާނެ އެވެ.

"ބާރަތު" ގެ މިއުޒިކް ހަދަނީ ވިޝާލް-ޝޭކަރް އެވެ. އަދި ފިލްމްގެ ލަވަތަކުގެ ޅެންތައް ލިޔަނީ އިރްޝާދް ކާމިލެވެ.