Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި

ދިއްދޫ ކައުންސިލްގެ ރައީސް

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ފުލުހުން ހައްޔަރުކޮށްފިއެވެ.

ހާޝިމް ހައްޔަރުކޮށްފައިވަނީ ހއ. އިހަވަންދޫ ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ރޭ ދަންވަރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓާއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވެއެވެ.

އަދި ހާޝިމް ހައްޔަރުނުކޮށް ދޫކޮށްފައި ބަހައްޓައިފި ނަމަ އެ މައްސަލައިގެ ހެކި ފޮރުވައި އެކަމުގެ ސަބަބުން މުޖުތަމައަށް ނުރައްކާ ވެދާނެ ކަމަށް ވެސް ކޯޓް އަމުރުގައިވެ އެވެ.

ހާޝިމް އަކީ އިދިކޮޅު އެމްޑީޕީގެ މެމްބަރެކެވެ. އަދި އެއަތޮޅުގައި ހިންގާ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ.