Last Updated: June 10, 20:48
Wednesday, June 10, 2026
ސިޔާސީ

ފޯމް ބަލައި ނުގަންނާތީ އެމްޑީޕީ ކަންބޮޑުވެއްޖެ!

އާ ޤާނޫނު ތަސްދީގު ކުރެވުމަށް ފަހު ހަދަން ޖެހޭ ޤަވައިދުތައް ހެދެން ދެން މެމްބަޝިޕް ފޯމް ބަލައިގަނެ ވެން ނެތް ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތުމަށް އުޒުރުވެރިވެފައިވާ ކަމަށް ބުނެ އެއީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ މެމްބރުންނަށް ވުމަށް ބޭނުންވެގެން ޕާޓީ އޮފީހަށް ފޯމު ހުށަހަޅައިފައިވާ ފަރާތްތަކުން ދަނީ ކެނޑިނޭޅި މިކަމާ ޝަކުވާ އުފުލަމުން ކަމަށެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ އެންމެހާ ސިޔާސީ ޕާޓީތަކަށް މިދިޔަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި މެމްބަޝިޕް އާ ގުޅޭ ބައްދަލުވުމުގަ އިވެސް އެމްޑީޕީއިން ވަނީ މި މައްސަލަ އަލުން ހުށަހަޅާފަ އެވެ.
ނަމަވެސް ވަކި ތާރީހެއް ނުދެއްވައި، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވައިދުތައް ހެދެންދެން މެމްބަރުންގެ ރަޖިސްޓްރޭޝަން ފޯމު ބަލައިގަނެވެން ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ރާއްޖޭގެ ސިޔާސީ މާޙައުލު މިހާރު އޮތް ގޮތުން ސިޔާސީ ޕާޓީތަކާ ބެހޭ ޤަވާއިދުތައް ހެދެންދެން ކަމަށް ވިދާޅުވެ މެންބަޝިޕް ފޯމްތައް ބަލައި ނުގަތުމާއި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އަޕްޑޭޓް ކުރަމުން ނުދާތީ އެ ޕާޓީ އަށް އެކަމުގެ އަސަރުތައް ކުރަމުންދާ ކަމަށް ވެސް މެމްބަރުން އެންމެ ގިނަ އެމްޑީޕީން ބުނެ އެވެ.

"ވީމާ މި ޕާޓީގެ މެންބަޝިޕް ފޯމުތައް މިއަދުން މިއަދަށް ބަލައި ގަނެ، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުގައި މި ޕާޓީގެ މެންބަރުން ހިމަނުއްވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް މި ޕާޓީން ގޮވައިލަމެވެ." އެމްޑީޕީން ބުންޏެވެ.