Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

މަޖީދަށް ޣައިބުގައި ކަށުނަމާދު ކުރުން އައްޑޫގައި މިރޭ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން މިރޭ އައްޑޫގައި ވެސް އޮންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިރޭ ޢިޝާ ނަމާދަށް ފަހު އައްޑޫ ސިޓީގެ ހުރިހާ މިސްކިތެއްގައި (ހުކުރު ނަމާދު ކުރާ މިސްކިތްތައް) ޣައިބަށް ކަށު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖައްސަމުން ދާ ކަމަށެވެ.

ކަށު ނަމާދު ކުރުން އޮންނާނެ ހިތަދޫގެ މިސްކިތްތައް: ހުކުރު މިސްކިތް، މަސްޖިދުލް ޛިއްނޫރައިނި، މަސްޖިދުލް އިކްރާމް، މަސްޖިދުއް ތަޤްވާ، މަސްޖިދުލް ޢުމަރުލް ފާރޫޤް، މަސްޖިދުއް ޛިކްރާ، މަސްޖިދުލް ބާބުލް ޚައިރި، މަސްޖިދުލް ހިދާޔާ، މަސްޖިދުއް ޝޫރާ، މަސްޖިދު ޢަބްދުލް ޢަޒީޒް އިބްރާހިމް، މަސްޖިދުލް އިޚްވާން

ކަށު ނަމާދު ކުރުން އޮންނާނެ މަރަދޫގެ މިސްކިތްތައް:މަސްޖިދުލް އިޚްލާސް، މަސްޖިދުއް ޝަޢުބު، މަސްޖިދުއް ޝާފިޢީ

ކަށު ނަމާދު ކުރުން އޮންނާނެ މަރަދޫފޭދޫގެ މިސްކިތްތައް: މަސްޖިދުއް ތަޤްވާ، މަސްޖިދުއް ނޫރު

ކަށު ނަމާދު ކުރުން އޮންނާނެ ފޭދޫގެ މިސްކިތްތައް:މަސްޖިދުލް އަމާން، މަސްޖިދުލް ފަލާޙް، މަސްޖިދުލް ބަރަކާތު

ކަށު ނަމާދު ކުރުން އޮންނާނެ ހުޅުދޫގެ މިސްކިތްތައް: މަސްޖިދުލް ވަޙްދާ އަދި މަސްޖިދު އަބްދުﷲ ބިން އިބްރާޙީމް

ކަށު ނަމާދު ކުރުން އޮންނާނެ މީދޫގެ މިސްކިތްތައް: މަސްޖިދް އިބްރާހިމް މަޖުދުއްދީން، ހުކުރު މިސްކިތް (މާ މިސްކިތް) އަދި މަސްޖިދުއްތަޛްކިރާ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ މަގުރިބު ނަމާދަށް ފަހު ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު ކުރުން ސައުދީ އަރަބިއްޔާގެ މައްކާގެ މަސްޖިދުލް ހަރާމް ، މަދީނާގެ މަސްޖިދުލް ނަބަވީ އަދި މަސްޖިދުލް ތޯއިފް ގައި ވެސް އޮންނާނެ އެވެ.

އަދި އިނގިރޭސިވިލާތުގެ ލަންޑަންގެ ކޭންޓާބްރީ މިސްކިތުގައި މިރޭ އިޝާ ނަމާދަށް ފަހު ޑ. މަޖީދުގެ މައްޗަށް ޣައިބުގައި ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.