Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޑރ. މަޖީދުގެ ޖަނާޒާ ލަންކާގައި ބާއްވައިފި

މަޖީދު ފަސްދާނަލެއްވުމަށް ގެންދަވަނީ، ފޮޓޯ: ސޯޝަލް މީޑިއާ

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ލަންކާގެ ޖާވައްތަ ޖުމްއާ މިސްކިތުގައި ބާއްވައިފިއެވެ.

ޑރ. މަޖީދުގެ ޖަނާޒާގައި ކުރީގެ ރައިސް މުހައްމަދު ނަޝީދު އާއި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ޑރ. މަޖީދުގެ އާއިލާގެ ބޭފުޅުންނާއި ލަންކާގައި ދިރިއުޅުއްވާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވަޑައިގެންނެވިއެވެ.

ޑރ. މަޖީދު އަވާހަރަވެފައިވަނީ މިދިޔަ ހުކުރު ދުވަހު ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދަނިކޮށް އިއްޔެ މެންދުރު ފަހު ވަގުތެއްގައެވެ.

ޑރ. މަޖީދުގެ މައްޗަށް ޢައިބުގައި މިރޭ އިޝާ ނަމާދަށް ފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކަށު ނަމާދު ކުރުމަށް އިސްމާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.