Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

އިންފުލުއެންޒާ ފެތުރެނީ، އެކަކު މަރުވެއްޖެ!

ރާއްޖޭގައި މިދުވަސްވަރު އިންފުލުއެންޒާ ވައިރަސް ފެތުރެމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނިކޮށް އެ ބައްޔަށް ޕޮޒިޓިވްވި ދިވެއްސަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހެކެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ ރޭ އެހޮސްޕިޓަލުން މަރުވި މީހާގެ ސާމްޕަލްތައް އިންފުލުއެންޒާ އޭ އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މިދުވަސްކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުމާއި، ވައިރަލް ފީވާ އާއި އަރިދަފުސް ރޯގާ ހަލުވިކަމާއި އެކު ފެތުރެމުންދާތީ ހޮސްޕިޓަލްތައް ދަނީ ފުރެމުންނެވެ. ވެރިރަށް މާލޭގެ ހޮސްޕިޓަލްތަކަށް ދުވާލަކު އެތައް ބަޔަކު ބަލިވެގެން ދައްކަމުން އަންނައިރު އޭޑީކޭގައި ވަނީ ފުލޫ ކުލިނިކެއް ގާއިމްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.