Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ދެ ހަރަމްފުޅުގައި ވެސް މަޖީދަށް ކަށު ނަމާދު ކުރާނެ

އިއްޔެ އަވަހާރަވި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓްރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ މައްޗަށް ޢައިބިގައި ކަށު ނަމާދު މާތްވެގެންވާ ދެ ހަރަމްފުޅުގައި ކުރާނެކަމަށް މަޖީދުގެ އާއިލާއިން ބުނެފިއެވެ.

މަޖީދުގެ ދަރިކަލުން އަހުމަދު ފިރާސް ވިދާޅުވީ، މިއަދުގެ މަޣްރިބް ނަމާދަށް ފަހު މައްކާގެ މަސްޖިދުލް ހަރާމްގައާ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ އިތުރުން ތާއިފްގެ މިސްކިތުގައި ވެސް މަޖީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތުގައި ހުންނަ ކެންޓަބަރީ މިސްކިތުގައި ވެސް މިރޭގެ އިޝާ ނަމާދަށް ފަހު ޢައިބަށް ކަށު ނަމާދު ކުރާނެކަމަށް ފިރާސް ވިދާޅުވިއެވެ.

މަޖީދުގެ ޖަނާޒާ ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ލަންކާގެ ޖާވައްތަ ޖުމްއާ މިސްކިތުގައި ބާއްވާފައެވެ. މި ޖަނާޖާގައި މަޖީދުގެ އާއިލާގެ ބޭފުޅުންގެ އިތުރުން ކުރީގެ ރައިސް މުހައްމަދު ނަޝީދު އާއި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޑރ. މަޖީދުގެ މައްޗަށް ޢައިބުގައި މިރޭ އިޝާ ނަމާދަށް ފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކަށު ނަމާދު ކުރުމަށް އިސްމާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ގުރުއާން ތަފްސީރުގެ ރޮގުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި މަޖީދު އަވަހާރަވީ މިދިޔަ ހުކުރު ދުވަހު ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހި ފަރުވާ ދެމުން ދަނިކޮށް އިއްޔެ މެންދުރު ފަހު ވަގުތެއްގައެވެ