Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މަޖީދަށް ޣައިބަށް ކަށުނަމާދު ކުރުން މުޅި ރާއްޖޭގައި

ދިވެހި ރާއްޖޭގެ ފުރަތަމަ އިސްލާމިކް އެފެއާޒް މިނިސްޓަރ، ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ މައްޗަށް ޣައިބަށް ކުރެވޭ ކަށު ނަމާދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މިރޭ އިޝާ ނަމާދަށް ފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރު ކުރާ މިސްކިތް ތަކުގައި ޑރ. ބާރީގެ މައްޗަށް ޣައިބަށް ކަށު ނަމާދު އޮންނާނެ ކަމަށެވެ.

ޑރ. މަޖީދުގެ މައްޗަށް މިއަދު މެންދުރު ނަމާދަށް ފަހު ކަށު ނަމާދުކޮށް ކޮލޮމްބޯގެ ޖާވައްތަ ގަބުރުސްތާނުގައި ވަނީ ފަސްދާނު ލާފައެވެ. އެ ޖަނާޒާގައި ޑރ. މަޖީދުގެ އާއިލާގެ އިތުރުން ލަންކާގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.

މީގެ އިތުރުން ޑރ. މަޖީދުގެ މައްޗަށް މައްކާގެ މަސްޖިދުއް ޙަރާމް އަދި މަދީނާގެ މަސްޖިދުއް ނަބަވީގައި ވެސް ޣައިބަށް ކަށުނަމާދު ކޮށްފައިވެއެވެ.