Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި

ހަންކެޑެ ބްރިޖާއި ދިމާލަށް އުދައަރަނީ. ފޮޓޯ: އަނަސް ފަޔާޒް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑު ގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ސަލާމަތީ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

އުތުރުގެ ރަށްތަކަށް އުދައިގެ އަސަރު ކުރާނީ މިއަދު އިރު އޮއްސި 6:39 ގައި ކަމަށާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވެ، އުދަ އެރުމުގެ ފުރުސަތު ބޮޑީ މިރޭ 19:53ގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

އަދި ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ބެލެވެނީ މިރޭ 21:20 ގައި ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

މިއަހަރުގެ ކުރީކޮޅު ވެސް އުދަ އަރައި ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށް ތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. ދިޔަވަރު ބޮޑުވެފައި ވަނިކޮށް މިދިޔަ މަހު އައްޑޫ ސިޓީގައި މޫދަށް އެރި އުޅެނިކޮށް ދެކުދިން ވަނީ ގެއްލިފައެވެ.

މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރުމުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.