Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

ދެ ކިލޯގެ ޑްރަގާއެކު އެކު ދިވެއްސަކު ހައްޔަރުކޮށްފި

ސްރީލަންކާއަށް އެތެރެކުރަން އުޅުނު 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު އަނެއްކާވެސް ދިވެއްސަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ މިއަދު ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ދިވެހި މީހާގެ އަތުން 2،39 ކިލޯ ހެރޮއިން ފެނިފައިވާ ކަމަށެވެ. އަދި އޭގެ އަގު ލަންކާގެ 24.4 މިލިއަން ރުޕީސްއަށް އަރާކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ލަންކާއިން މިދިޔަ ހަފްތާގައި ދެ ޒުވާނަކު ވަނީ 1925 ގުޅަ ޕާޓީ ޑްރަގްސް އާއި އެކު ހައްޔަރުކޮށްފައެވެ.