Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އައްޑޫން ޑެންގީގެ 27 ކޭސް

މިދިޔަ މަހުން ފެށިގެން މިހާތަނަށް އައްޑޫން ޑެންގީގެ 27 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އައްޑޫގެ ޕަބްލިކް ހެލްތު ޔުނިޓް ދަމަނަވެށިން ބުނެފި އެވެ.

އެތަނުން ބުނި ގޮތުގައި ޑެންގީ ކޭސްތަށް އައްޑޫން ފާހަގަވާން ފެށީ މިދިޔަ މަހު ދިހަ ބިދޭސީއެއްގެ ގައިން މި ބަލި އެއް ފަހަރާ ފެނުނު ހިސާބުން ކަމަށެވެ. އެކަމަކު އޭގެ ފަހުން ބިދޭސީއެއްގެ ކޭހެއް ފާހަގަ ނުވިޔަސް ޑެންގީ އަށް ދިވެހިން ފަރުވާ ހޯދަމުން އަންނަ ކަމަށް ދަމަނަވެށިން ބުންޏެވެ.

އައްޑޫން ފެނުނު ޑެންގީގެ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ ހިތަދޫއިންނެވެ.

ދަމަނަވެށިން ބުނި ގޮތުގައި ޑެންގީ ކޭސްތަށް ފެންނަން ފެށުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ވަނީ ފަށައިފަ އެވެ.

އެގޮތުން އައްޑޫގެ ހައުސިންގް ޑިޕާޓްމެންޓާ ގުޅިގެން މިދިޔަ މަހު ފޮގް ކުރުމުގެ ބުރެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ޑެންގީ، އަރިދަފުސް ރޯގާ އަދި ވައިރަލް ފީވާ ފެންނަ މިންވަރު ވަނީ އިތުރުވެފަ އެވެ.