Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ޖޭޕީގެ "ހޭވައްލާ" އަތޮޅުތަކަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ "ހޭވައްލާ" ޕްރޮގްރާމުގެ ދަށުން އަތޮޅުތަކަށް ދަތުރު ފަށަން ތައްޔާރުވެއްޖެއެވެ.

އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އަތޮޅުތަކަށް ކުރާ ދަތުރުތަކުގެ ފުރަތަމަ މަންޒިލަކީ ތ. އަތޮޅާއި ލ.އަތޮޅު ކަމަށެވެ. އެ ދެއަތޮޅަށް ޖޭޕީގެ ޓީމެއް ރޭ ފަތިހު ވަނީ ފުރައިފަ އެވެ.

އަލީ ސޯލިހު ވިދާޅުވި ގޮރުގައި މިދަތުރުގައި ޕާޓީގެ އިސް ބޭބޭފުޅުންނާއި ޕާޓީ އަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ވަރަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ "ހޭވައްލާ" ޕްރޮގްރާމުގެ ދަށުން ފަށާފައިވާ ޓައުންހޯލް ބައްދަލުވުންތައް ވެސް ބައެއް ރަށްރަށުގައި ބާއްވާނެ ކަމަށެވެ. އެގޮތުން ތ. ތިމަރަފުށީގައި މި ރޭ ބައްދަލުވުން ބާއްވާ އިރު، ތ.އަތޮޅުގެ އެހެން ބައެއް ރަށްތަކަށް ވެސް ޖޭޕީގެ ޓީމުތައް ދަތުރު ކުރާނެ އެވެ.

މީގެ އިތުރުން މާދަމާ ލ. ފޮނަދޫގައި ޓައުންހޯލް ބައްދަލުވުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އަދި ފޮނަދޫގައި އޮންނަ ބައްދަލުވުމުގެ ތެރެއިން ވަރަށް ޚާއްސަ ކަމެއްވެސް ފެނިގެންދާނެ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

ހޭވައްލާ ޕްރޮގްރާމްގެ ދަށުން ބާއްވާ ޓައުންހޯލް ބައްދަލުވުންތައް ފެށީ މި މަހުގެ 18 ވަނަ ދުވަހުގެ ރެ އެވެ.