Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

މަރަދޫގެ މިސްކިތްތައް ސާފު ކުރާނެ ބަޔަކު ހޯދަނީ

މަރަދޫގެ ބައެއް މިސްކިތްތައް ގަބުރުސްތާން ސާފު ކުރާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މިސްކިޔްތައް ފޮޅައި ސާފު ކުރުމާއި ގަބުރުސްތާނުތަކުގެ ވިނަނޮޅައި ކުނި ކަހައި ސާފު ކުރުމުގެ މަސައްކަތާއި އެ ތަންތަނުގައި ކުރަން ހުރި ކުދިކުދި ބއެއް މަރާމާތުތައް ށްދޭނެ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށެވެ.

މިކަމަށް ނަން ނޯޓް ކުރިން ހިތަދޫގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓްގައި މި މަހުގެ 27 އާއި 28 ގައި ކުރިއަށް ދާނެ އެވެ. އެއީ ދެ ދުވަހު ހެނދުނު 10:00-2:00 އަށެވެ.

މައުލޫމާތު ދިނުން އޮންނާނީ 29 ވަނަ ދުވަހު މެންދުރު 1:00 ގައި މިނިސްޓްރީގެ ޔުނިޓްގަ އެވެ. އަދި ޕްރޮޕޯސަލް ހުށަޅަން ޖެހެނީ މި މަހުގެ 31 ވަނަ ދުވަހު މެންދުރު 1:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު 6880868 ނަންބަރު ފޯނުން ލިބޭނެ އެވެ.