Last Updated: March 28, 13:49
Thursday, March 28, 2024
ކުޅިވަރު

ފައިނަލް މެޗަށް ރޯދަ ދޫކޮށް ނުލާނަން: ސަލާހް

ސަލާހު ލަނޑު ޖެހުމަށް ފަހު ސަޖިދަ ކުރަނީ، ސަލާހުގެ އަމަލްތަކަށް ފުޓްބޯޅައިގެ ގިނަ ސަޕޯޓަރުންގެ ސަމާލުކަން ދަނީ ލިބެމުން

އަންނަ ހޮނިހިރު ދުވަހު ލިވަޕޫލް އާއި ރެއާލް މެޑްރިޑް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ރަމަޟާން މަހުގެ ރޯދަ ދޫކޮށްނުލާނެކަމަށް ލިވަޕޫލްގެ ފޯވާޑް މިސްރުގެ މުހައްމަދު ސަލާހު ބުނެފިއެވެ.

ސަލާހު މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގު ފައިނަލް އޮންނަ ދުވަހު ސަލާހު ރޯދައަށް ހުރެދާނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދަނިކޮށެވެ.

މި ސީޒަނުގައި ޕްރެމިއާ ލީގްގައި އެންމެ ގިނަ ލަނޑު ޖެހި ސަލާހު ދަނީ އިސްލާމީ ރިވެތި އާދަތައް ދަނޑުމަތީގައި ދައްކަމުންނެވެ. އެހެންވެ ލިވަޕޫލް ސަޕޯޓަރުންނާއި ސަލާހުގެ ފޭނުންގެ ތެރޭގައި ތިބި މުސްލިމް ނޫން ދިންތަކުގެ މީހުންގެ ވެސް އަންނަނީ ސަލާހުއަށް ތައުރީފްކޮށް އިސްލާމް ދީނާއި ގުޅޭގޮތުން ހެޔޮ ބަސްތައް ބުނެ، ދީން ގަބޫލް ކުރާނެކަމަށް ބުނެމުންނެވެ.

މިސްރުގެ ގައުމީ ޓީމް މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމުގައި މޮޅު ކުޅުމެއްދެއްކި ސަލާހުވަނީ މި ސީޒަންގައި ލިވަޕޫލްގައިވެސް މޮޅު ކުޅުމެއް ދައްކައި އެޓީމް ޗެމްޕިއަސް ލީގުގެ ފައިނަލަށް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

ސަލާހު ލަނޑު ޖެހުމަށްފަހު ﷲ އަށް ހަމްދުކޮށް ދަނޑުމަތީގައި ސަދިޖަ ޖަހާ މަންޒަރު ޓީވީތަކުން ވަރަށް ނުދައްކައެވެ.