Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ތިން މީހުންނާ އެކު ދޯންޏެއް ބަންޑުން ޖަހާލައިފި

ތިން މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާރަށް ކައިރިއަށް ބަންޑުން ޖަހާލި ދޯނީގައި ތިބި ތިން މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

މި ދޯނިން ދަތުރުކުރީ ދެ ބިދޭސީއަކާއި ދިވެއްސެކެވެ.

އާރަށް ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މެޓުން ވަނީ ޔެލޯ އެލާޓު ނެރެފައެވެ. މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށެވެ.

ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 07 މޭލާ 17 މޭލާދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.