Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

މުލީ ހޭޅިފަށުން ފުލުހުން މަސްތުވާތަކެތި ހޯދައިފި

ވަޅުލާފައިވަނިކޮށް ފުލުހުން ހޯދި މަސްތުވާ ތަކެތި

ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މަޢުލޫމާތަކާ ގުޅިގެން މ.މުލީ ހޭޅިފަށުގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ފުލުހުން ހޯދީ މިމަހުގެ 21 ވަނަ ދުވަހުގެރޭ 10:00 ހާއިރު މ. މުލީ ހޭޅިފަށް ބަލައިފާސްކޮށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ މ.މުލި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.