Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ފުލުހުން ހިތަދޫ މީހަކު ހޯދަނީ

މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދަން ފުލުހުން އިއްލާން ކޮށްފިއެވެ.

ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ހޯދަމުން ދަނީ ސ.ހިތަދޫ، ހުދުވެލި، ޢަލީ ޙަސަން (32އ) އެވެ.

އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުންވެސް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް ވަނީ އިއްލާންކޮށްފައެވެ. އެއީ ޏ.ފުވައްމުލައް، މާލެގަން. ގަލްގެ، އަލްޠާފް އަޙްމަދު (36އ) އާއި ޏ.ފުވައްމުލައް، ފުނާޑު. ހަނޑްރެޑްޕްލަސް، ޝަމްލާ އިބްރާހީމް (40އ) އަދި ޏ.ފުވައްމުލައް، ދޫޑިގަން. ޗަބޭލީމާގެ، އަޙްމަދު ޢަބްދުﷲ (48އ) އެވެ.

މިތިން މީހުންނާއި ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.