Last Updated: April 19, 10:32
Friday, April 19, 2024
ރިޕޯޓް

ރޯދަ ރަހަ: އަލުވި ބަޖިއާ

* ބޭނުންވާ ތަކެތި:

4 އަލުވި (ފެނު ކައްކައި ޗަސްކޮށްފައި)
3 ފިޔާ (ކުދިކޮށް ކޮށާފައި)
250 ގްރާމް ފުށް
1 އެއް މޭޒުމަތީ ސަމުސާ ބަޓަރު
1/2 ސަމުސާ ލޮނު
1 ސައިސަމުސާ ރެވި
4 ހިކިމިރުސް (ހިމުންކޮށް ކޮށާފައި)
1 މިރުސް (ކުދިކޮށް ކޮށާފައި)
3 ލޮނުމެދު (ގާނާފައި)
1/2 ސަމުސާ މުގުރި އަސޭމިރުސް
3 ހިކަނދިފަތް
ރީނދޫ، ލޮނު އަދި ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުށާއި ބަޓަރާ ބައި ސަމުސާ ލޮނު ކޮޅު އެއްކޮށްފައި އާދައިގެ ފެނުން މޮޑެފައި ބާއްވާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދައިލުމަށް ފަހު ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، ހިކި މިރުސް، ހިކަނދި ފަތް، ގިތެޔޮ މިރުސް، ރެވި ކޮޅު އެއްކޮށް އަޅާލުމަށް ފަހު މަޑު ގިނީގައި ފިޔާކޮޅު ހަނާ ވަންދެން ދޭފަތުން ހަލަމުން ކައްކާށެވެ

ދެން ފިޔާކޮޅު ހަނާވީމާ ރީނދޫ، އަސޭ މިރުސް، ރަހަލާ ވަރަށް ލޮނު، ޗިކެން ކިއުބް، ލޮނުމެދު އަޅާފައި ރަނގަޅަށް ރަހަ ހިފާ ވަރަށް ހަނާ ވީމާ އަލުވިކޮޅު އެއްކޮށްފައި ދޭފަތުން ރަނގަޅަށް މޮޑެލާފައި އެއްވީމާ އުނދުން މަތިން ބާލާފައި ބަހައްޓާށެވެ.

ފުށް ގަނޑުން ކުދިކޮށް ރޮށި ދަމާފައި ކޮންމެ ރޮށްޓަކަށް އަލުވި ކޮޅެއް އަޅާފައި ބަޖިޔާ ހަދާ ގޮތަށް ފަށް ޖަހައި ތަތްކޮށްފައި ތެލުލާށެވެ. ނުވަތަ ފިހެލާށެވެ.