Last Updated: June 13, 17:08
Saturday, June 13, 2026
ޚަބަރު

ޔުމްނާގެ ޕާސްޕޯޓް ހިފަހައްޓައިފި

މެއި 7، 2018: ޕޮލިހަށް ވަޑައިގަތުމަށް ފަހު ޔުމްނާ މައުމޫން، އެމްއެމްއޭ ސަރަހައްދުގައި މަޑުކޮށްލައިގެން. - މުހައްމަދު ޝަރުހާން / ރާއްޖެ އެމްވީ

ސަރުކާރުން ވައްޓާލަން އުޅުނުކަމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޔުމްނާގެ ޕާސްޕޯޓު ހިފެހެއްޓިކަން ފުލުހުން ޔުމްނާއަށް އަންގާފައިވަނީ މިއަދުއެވެ. އަދި ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ޔުމްނާގެ ޕާސްޕޯޓު ހިފެހެއްޓިއިރު ދެ ފަހަރެއްގެ މަތިން ބަޔާން ނެގުމަށް ޔުމްނާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ޔުމްނާގެ މައްސަލައެއް ފުލުހުން ތަހްގީގު ކުރަމުން އަންނައިރު ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް އާއި ބައްޕާފުޅު މައުމޫން އަދި ކޮއްކޯފުޅު އަހުމަދު ފާރިސްވަނީ ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކޮށްފައެވެ.

ނަދީމާއި މައުމޫން އަދި ފާރިސްގެ މައްޗަށްވެސް ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ޓެރަރިޒަމް ދައުވާ ވަނީ އުފުލާފައެވެ.