ސިހުރު ހެދުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކަމަށާއި އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އައްޝައިޚް މޫސާ އަންވަރު ޙަސަން ވިދާޅުވެއްޖެއެވެ.
ރޯދަ މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި އިޙްޔާ ފޯރަމްގައި މޫސާ އަންވަރު ވިދާޅުވި ގޮތުގައި ސިޙުރު ހަދާ މީހެއް ނުވަތަ ފާލު ބަލާ މީހެއްގެ ގާތަށްގޮސް، ކަމެއް ބަލައި ދިނުމަށް އެދެފި މީހާގެ އަޅުކަން 40 ދުވަސް ވަންދެން މާތް ﷲ ބަލައި ނުގަންނަ ވާނެ އެވެ.
އެހެންވެ ހެދުމަކީ އިސްލާމީ ޝަރީޢަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފަހަގަކުރެއްވިއެވެ.
ރޭގެ ފޯރަމުގައި، ޝައިޚް ޙަސަން ތައުފީޤް ވިދާޅުވީ ޙައްޤުޤެ މަގަށް ރޫޖުއަވުމާއި ޤުރުއާނުގައި ހުރި ޝިފާގެ އާޔަތްތައް ކިޔުމާއި ޒިކުރުތަކާއި ދުއާތައް ކިޔުމަށާއި ﷲ އަށް ތަޤުވާވެރިވުމުގެ ގޮތުން، ހެޔޮ އެއްޗެހި ކިޔުން ހިމެނޭ ކަމަށެވެ. އަދި ސިހުރަކީ އޭގައި އަސްލު ހިމެނޭ އެއްޗެއް ކަމަށާއި އެކަމު ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ބޮޑު އެއްކަމަކީ ފަސް ވަގުތު ނަމާދު ޤާއިމު ކުރުން ކަމަށް ވިދާޅުވި އެވެ.