ސްކޫލުތައް ބަންދު ކުރަން ނާންގާ ކަމަށާއި އެކަމަކު މިދުވަސްކޮޅު ޓެސްޓް ނިމިފައިވާތީ އާއި މިއީ ރޯދަ މަސް ކަމަށްވާތީ ކިޔެވުން ކުރިއަށް ގެންދާނެ ގޮތުގެ އިހުތިޔާރު ސްކޫލުތަކަށް ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްކޫލުތައް ބަންދުކުރަން މިނިސްޓްރީން އެއްގޮތަކަށް ވެސް ނާންގާ ކަމަށެވެ.
އެކަމަކު މި ދުވަސްވަރު ހުމާއި ޑެންގީ ހުން ވެސް އުޅޭތީ މާލޭގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.
މި އަހަރުގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ސްކޫލުތައް ބަންދުވާނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ.
އަންނަ ޓާމްގެ ކިޔެވުން ދެން ފެށޭނީ އަންނަ މަހު 18 ވަނަ ދުވަހުއެވެ.