Last Updated: April 25, 21:20
Thursday, April 25, 2024
ރިޕޯޓް

ބަރުދަން ލުއިވުން: ނުރައްކަލެއް

ކޮންމެ މީހަކު ވެސް ބޭނުންވާނީ ރިތި ހަށިގަނޑެއްގެ ވެރިޔަކަށް ވާށެވެ. އަދި އެއީ އެކަމެއް ޙާސިލު ކުރަން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމެއްވެސް މެއެވެ. ނަމަވެސް އަހަރެމެން އެންމެންވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ކުރު މުއްދަތެއްގެ ތެރޭގައި މާ ބޮޑަށް ބަރުދަން ލުއި ވުމަކީ އެކަމުގައި އެކިއެކި ސިއްޙީ ގެއްލުންތަކެއް އެކުލެވޭ ކަމެއްކަމެވެ.

އަދުގެ ދުނިޔޭގައި ބަރުދަން ލުއިކުރުމަށްޓަކައި ބޭނުން ކުރެވޭނެ އެކި ގޮތްތައް ވަނީ އީޖާދުކޮށްފައެވެ. އެގޮތުން އެކިއެކި ބާވަތުގެ ބޭހާއި ކްރީމްތައް ހިމެނެއެވެ. ނަމަވެސް މި ތަކެތި ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތްބާއެވެ؟

ހަފްތާއެއްގެ ތެރޭގައި 0.9 – 0.45 ކިލޯ ބަރުދަނުން މަދުވުމަކީ އެންމެ ރަނގަޅު ގޮތެކެވެ. ނަމަވެސް މިއަށްވުރެ އިތުރަށް ކުރު މުއްދަތެއްގެ ތެރޭގައި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށްޓަކައި އެއްވެސް އެއްޗެއް ނުކައި މުޅި ދުވަހު ހުރުމާއި ހިކެން ބޭނުން ކުރުމައްޓަކައި ބާޒާރުގައި ވިއްކަން ހުންނަ އެކި ބޭސްތައް ބޭނުން ކުރުމާއި އަދި މާ ބޮޑަށް ކަސްރަތު ކުރުމަކީ މުސްތަޤުބަލުގައި ހަށިގަނޑަށް ނުރައްކާވާނެ ކަންތައްތައް ކަން ލައިފް ލައިން ލެބޯރެޓޮރީގެ ކޯ ފައުންޑާ ޑރ. އެންޖެލީ މިސްރާ ހާމަކުރެއެވެ.

ވިމާ ކުރު މުއްދަތެއްގެ ތެރޭގައި މާ ބޮޑަށް ބަރުދަން ލުއި ވުމަކީ އެކަމުގައި އެކިއެކި ސިއްޙީ ގެއްލުންތަކެއް އެކުލެވޭ ކަމެއްކަމުން މިއީ އަހަރެމެން އެންމެން އެކަމަކަށް ސަމާލު ވާންޖެހޭ މުހިއްމު ކަމެކެވެ. މީގެ ބަދަލުގައި ރަނގަޅަށް ކެއުން ބަހައްޓައި ގަވާއިދުން ކަސްރަތު ކުރުމަކީ ހަށިގަނޑަށް ގެއްލުން ނުވެ ބަރުދަން ލުއި ކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ.