Last Updated: June 13, 09:09
Saturday, June 13, 2026
ވިޔަފާރި

ހެރަތެރަ އަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 21 އާ ހަމަ އަށް

ހެރަތެރަ އައިލެންޑް ރިސޯޓް. ފޮޓޯ/ އެމްޓީޑީސީ

އައްޑޫގައި ތަރައްގީކޮށްފައިވާ ހެރަތެރަ އައިލެންޑް ރިސޯޓް ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

އެ ރިސޯޓް ހިންގާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހެރަތެރަ އަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމްޓީޑީސީން 546 އެނދުގެ ރިސޯޓް ހިންގާނެ ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުންޏާ އެކު ސަބް ލީސްއެއް އެގްރިމަންޓެއްގެ ދަށުން ނުވަތަ އެ ރަށް ގަނެގެން ހިންގާނެ ބަޔަކު ހޯދުމަށެވެ.

އެމްޓީޑީސީން ތަރައްގީކޮށް 2007 ވަނަ އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓް އެންމެ ފަހުން ހިންގާފައި ވަނީ ތައިލެންޑްގެ އޮނިކްސް ހޮސްޕިޓަލިޓީ ގްރޫޕުންނެވެ. އޭގެ ކުރިން މި ރިސޯޓް ޔޮޓް ޓުއާޒް މޯލްޑިވްސް އިން ވެސް ހިންގާފައިވެ އެވެ.