Last Updated: April 18, 22:36
Friday, April 19, 2024
ރިޕޯޓް

ޕޭސްޓްރީތަކާ އެކު "ނިއޯން ބޭކަރީ" ގެ އައުޓްލެޓެއް

އައްޑޫގައި ފުޅާ ދާއިރާއެއްގައި ބޭކަރީގެ ހިދުމަތް ދެމުން އަންނަ "ނިއޯން ބޭކަރީ" އިން އާ އައުޓްލެޓެއް ހިތަދޫގައި ހުޅުވައިފި އެވެ.

ހިތަދޫ ލިންކް ރޯޑްގައި ކުރިން ހިންގި ކްއެންޗް ރެސްޓޯރެންޓާ އިންވެގެން ހުޅުވި ނިއޯންގެ އައުޓްލެޓަކީ ޕޭސްޓްރީތަކަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ. މިތަނުން ތަފާތު ބާވަތްތަކުގެ ޕޭސްޓްރީ ލިބެން ހުރި އިރު ތާޒާކޮށް، ތަފާތު ހެދިކާ ވެސް ގަންނަން ލިބޭނެ އެވެ.

"އަޅުގަނޑުމެން ޔަގީންކަންދެން ރަހަ ރަނގަޅުވެފައި، އަގު ހެޔޮވާނެ. އަނެއް ކޮޅުން މިހާރު ހަމަ ވަރަށް ފަސޭހަ ވާނެ އައިސް ޕާން އެއްޗެހި ގަންނަން. ލިންކު ރޯޑުން އައިސް ވަދެ ގަނެލައިގެން ދާންވީ،"

ނިއޯން ބޭކަރީން ބުނީ ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 5:00 ޖަހަންދެން ހުޅުވައި، ހިދުމަތް ދޭނެ އެވެ.

ދެހާސް ވަނަ އަހަރު ހިތަދޫގައި ހުޅުވި ނިއޯން ބޭކަރީއަކީ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބޭކަރީއެކެެވެ.