ސޯނަމް ކަޕޫރާއި ދަނޫޝް ލީޑް ރޯލް ކުޅެފައިވާ "ރާންޖަނާ" ގެ ޓްރެއިލާ މިއަދު ލޯންޗްކޮށްފި އެވެ.
"ތަނޫ ވެޑްސް މަނޫ" ގެ ޑައިރެކްޓަރު އާނަންދް އެލް ރާއީ ޑައިރެކްޓްކޮށްފައިވާ "ރަންޖަނާ" ގެ މުހިއްމު ރޯލަކުން އަބޭ ޑިއޯލް ވެސް ފެނިގެން ދާނެ އެވެ.
މިއީ 2011 ވަނަ އަހަރު ރިލީޒްވި "އައިޝާ" އަށް ފަހު އަބޭ އާއި ސޯނަމް އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމް ވެސް މެ އެވެ.
"ރަންޖަނާ" ގައި ލީޑް ރޯލް ކުޅޭ ދަނޫޝްއަކީ ރަޖްނީކާންތުގެ ދަނބިދަރިފުޅު އަދި "ކޮލަވަރީ ޑީ" ލަވަ ކިޔައިގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ދަނޫޝްގެ ފުރަތަމަ ހިންދީ ފިލްމެވެ. އޭނާ ވަނީ މިހާތަނަށް ސައުތު ފިލްމް އިންޑަސްޓްރީގައި ގިނަ ފިލްމްތަކެއް ކުޅެފަ އެވެ.
"ރަންޖަނާ" ގައި ދަނޫޝް ފެނިގެން ދާނީ އެންމެ ކުޑަ އިރުން ފެށިގެން ސޯނަމް އާ ލޯބީގެ ގޮތުން ގުޅެން މަސައްކަތް ކުރާ ޒުވާނެއްގެ ރޯލުންނެވެ.
ޖޫން މަހުގެ 21 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމްގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޭއާރް ރަހްމާން އެވެ.