Last Updated: June 13, 14:05
Saturday, June 13, 2026
ވިޔަފާރި

އައްޑޫ ބާޒާރު: ކުރުނބާއެއް 10ރ. އަށް

ރޯދަ މަހު ރޯދަ ވީއްލުމަށް ކަރާ އާއި އެއްވަރަށް އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ އަބަދުވެސް ކުރުނބާއަށެވެ.

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 އެއް ނިމޭއިރު ކުރުނބާގެ އަގު މިވަނީ މިދިޔަ އަހަރުތަކަށްވުރެ ދަށުގައެވެ. އެވްރެޖްކޮށް މިދިޔަ އަހަރު ކުރުނބާ އެއް ވިއްކީ 15 ރުފިޔާއާއި 20 ރުފިޔާއަށެވެ.

ނަމަވެސް މިއަހަރު ކުރުނުބާގެ އަގު އުޅެނީ 6 ރުފިޔާއިން ފެށިގެން 10 ރުފިޔާ އާއި ދެމެދުއެވެ.

ހިތަދޫން އާއްމުކޮށް ކުރުނބާ ވިއްކާ ކަނޑާތަކުން ބުނީ ކުރުނބާއަށް ބޮޑު ޑިމާންޑެއް އޮތް އިރު މިފަހަރު ކުރުނބާ ވިއްކާ މީހުން އެހެން އަހަރުތަކަށްވުރެ ގިނަ ކަމަށެވެ. އެހެންވެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.