މިރޭ މާލެއިނ ލ. ކައްދޫއަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓްގެ ކެބިން ކުރޫ އާއި ޕެސިންޖަރުންތަކެއް ޒުވާބު ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 19:30ގައި ކައްދޫއަށް ޖެއްސި މޯލްޑިވިއަންގެ ފްލައިޓުން ދަތުރު ކުރި ފަސް ޕެސިންޖަރަކު އެ ބޯޓުގެ ކެބިން ކުރޫ އާއި ޒުވާބު ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ އިރު އެ މީހުން ވަނީ ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަޔާން ނަގާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޕެސިންޖަރުން ވަނީ ކެބިން ކުރޫއާއި ދިމާލަށް ހަޑިހުތުރު ބަހުން މުޙާޠަބްކޮށްފައެވެ.