Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

އަތޮޅުތެރޭގެ އެމްބިއުލާންސްތައް މަރާމާތު ކުރަނީ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ބޭނުންކުރާ އެމްބިއުލާންސެއް.

މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން އަތޮޅުތެރޭގައި ހިންގަމުންދާ ހޮސްޕިޓަލްތަކާއި ސިއްހީމަރުކަޒުތަކުގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، އަތޮޅުތެރޭގައި ބޭނުންކުރާ 33 އެމްބިއުލާންސެއް މަރާމާތު ކުރަން ޖެހެއެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތައް 06 ޖޫން 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އެ މިނިސްޓްރީއަށް ގޮސް މަޢުލޫމާތު ސާފުކުރަން ޖެހެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 13 ޖޫން 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އެވެ.

ހެލްތް މިނިސްޓްރީން އަތޮޅު ތެރޭގައި ބޭނުންކުރާ އެމްބިއުލާންސްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި މިވަނީ އެމްބިއުލާންސްތައް ހަލާކުވެފައި ހުރުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.