Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

ވީ ޓެލެކޮމްގެ އެހެން ދިމާލަކަށް ބަދަލުކޮށްފި

އައްޑޫ ސިޓީ، ހިތަދޫ އަވަށުގައި ވީ ޓެލެކޮމް އިން ހިންގަމުން އަންނަ ދިރާގު ޕާޓްނަރ ޝޮޕް އެހެން ދިމާލަކަށް ބަދަލުކޮށްފިއެވެ.

މިހާރު ވީ ޓެލެކޮމްގެ ދިރާގު ޕާޓްނަރ ޝޮޕް ހިންގަމުން އަންނަނީ ހިތަދޫ "މޫލެކެނޑެ ކޯޓު" ކުރިން ހިންގި އިމާރާތާއި ދިމާލުން ބޮޑު މަގުގައެވެ.

ރޯދަމަހު މި ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

ވީ ޓެލެކޮމުން ހިންގާ ދިރާގު ޕާޓްނަރ ޝޮޕުން ދިރާގުގެ ރީލޯޑް، ބިލްޕޭ ޚިދުމަތާއި އަދި ޕްރީޕެއިޑް ކަނެކްޝަން ކިޓް ވެސް ވިއްކައެވެ.

މިއީ އައްޑޫގައި ހިންގާ ދިރާގު ޝޮޕްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އަދި އެންމެ ރަނގަޅަށް ޚިދުމަތް ލިބޭ ކަމަށް ގިނަ ބަޔަކު ފާހަގަކުރާ ތަނެވެ.