Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އެމެރިކާ އިން ރާއްޖެ އަށް އާ ސަފީރެއް

Photo Courtesy: US Embassy

އެމެރިކާ އިން ދިވެހި ރާއްޖެއާއި ސްރީ ލަންކާއަށް އާ ސަފީރަކު ކަނޑައަޅައިފިއެވެ.

އެގައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވަނީ ރާއްޖެއާއި ލަންކާ އެމެރިކާ ފަރާތުން ތަމްސީލު ކުރެއްވުމަށް ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އެލައިނާ ބީ ޓެޕްލިޒް އައްޔަން ކުރައްވާފައެވެ.

އެލައިނާއަށް ރުހުން ހޯދުމަށް ޓްރަމްޕް މިހާރު ޕާލަމަންޓުގެ މަތީ ސެނެޓަށް ފޮނުވާފައިވާއިރު ސަފީރު ބަދަލުކުރެއްވީ ކޮން ސަބަބަކާ ލައިގެން ކަމެއް އެމެރިކާއިން ހާމަކޮށްފައެއް ނުވެއެވެ.

މިހާރުގެ ސަފީރު އަތުލް ކެޝަޕް އަކީ ކުރީގެ ރައީސް ބަރަކް އޮބާމާ، 2015 ވަނަ އަހަރު ރާއްޖެއާއި ލަންކާއަށް އައްޔަން ކުރެއްވި ސަފީރެކެވެ.

އެލައިނާއަކީ އެމެރިކާގެ ޚާރިޖީ ވުޒާރާގައި ވަރަށް މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އިރެކްޓާ އޮފް ދަ އަންޑަ ސެކްރެޓަރީ ފޯ މެނޭޖްމެންޓްސް އޮފީސް އޮފް ޕޮލިސީކަން ހިމެނެއެވެ.