Last Updated: June 13, 14:05
Saturday, June 13, 2026
ކުޅިވަރު

ކްރައުޗް ޗެމްޕިއަންސް ލީގް ފައިނަލް ބަލަން ރާއްޖެއަށް

ލިވަޕޫލާ އެކު 2006-2007 ގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅުނު އެޓީމްގެ ކުރީގެ ފޯވާޑް ޕީޓަރ ކްރައުޗް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ލިވަޕޫލާއި، އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ކްރައުޗް ޗުއްޓީއަށް ރާއްޖެއައީ އިއްޔެއެވެ. އޭނާ ޗުއްޓީ ހޭދަ ކުރަނީ ކޮން ރިސޯޓެއްގައި ސާފެއް ނުވެ އެވެ.

ދެހާސް ހަތެއްގެ ފަހުން ލިވަޕޫލް ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފައިވަނީ މި ސީޒަނުގަ އެވެ. މިރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ކްރައުޗު ބަލާނީ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

އިނގިރޭސި ގައުމީ ޓީމަށް 42 މެޗު ކުޅެ 22 ލަނޑު ޖަހާފައިވާ ކްރައުޗު މިހާރު ކުޅެމުން އަންނަނީ ސްޓޯކް ސިޓީއަށެވެ. އެޓީމު ވަނީ ޕްރެމިއާ ލީގުން ރެލިގޭޓްވެފަ އެވެ.