Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ހޮޅުދޫގައި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނަކު މަރުވެއްޖެ

ނ. ހޮޅުދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާން އަންހެނަކާއި ފިރިހެނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި ދެމީހުން ނަގާފައިވަނީ އެރަށުގެ ބަނދަރު ސަރަހައްދުގެ ފަޅުތެރެއިންނެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށާއި، އެ ދެމީހުން މޫދުން ނެގި އިރުވެސް މަރުވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި މަރުވެފައިވަނީ އެރަށު އުމުރުން 27 އަހަރުގެ ހުސްނާ މުޙައްމަދު އާއި އުމުރުން 26 އަހަރުގެ އަހްމަދު އަދީލް ނަމަކަށްކިޔާ، ދެ ޒުވާނުންނެވެ.

ހޮޅުދޫ ކައުންސިލުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ފަޅުތެރެއަށް ވެއްޓިގެން ކަމަށެވެ. ނަމަވެސް ފުލުހުން އަދި މި އެކްސިޑެންޓާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.