Last Updated: April 24, 23:11
Wednesday, April 24, 2024
ރިޕޯޓް

ރޯދަ ރަހަ: ޗޮކްލެޓް ކޭކް

* ބޭނުންވާ ތަކެތި:

250 ގްރާމް ފުށް
150 ގްރާމް ބަޓަރު
75 ގްރާމް ޕްލޭން ޗޮކޮލެޓެއް (ކެޑްބަރީ)
3 މޭޒުމަތީ ސަމުސާ ކޮކޯ
1/2 1 ސައިސަމުސާ ބޭކިން ޕައުޑަ
6 ބިސް
1/2 1 ސައިސަމުސާ އެސެންސް
250 ގްރާމް ހަކުރު
3 މޭޒުމަތީ ސަމުސާ ހިކި ކިރު (ފެނުގައި ގިރާފައި)

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފުށާއި ބޭކިން ޕައުޑަރު އަދި ކޮކޯ އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ.

ދެން ބަޓަރާއި ހަކުރު އެއްކޮށް ގިރާލާފައި ޗޮކޮލެޓް ވެސް ކުދިކުދިކޮށް ކޮށާލާފައި ނުވަތަ ގާނާފައި އެއްކޮށްފައި ފަހަރަކު ބިހަކާއި ފުށްކޮޅެއް އަޅަމުން ގިރާލާށެވެ.

ކިރާއި އެސެންސް ވެސް އެއްކޮށްލާށެވެ. އޮމާންވަންދެން ގިރުނީމާ ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ. އަދި ބޭނުން ނަމަ ސާވް ކުރާ އިރު، މޭވާގެ ބާވަތްތަކާ އެކު ސާވް ކުރާށެވެ.