Last Updated: March 28, 21:55
Thursday, March 28, 2024
ސިޔާސީ

ނަޝީދު ލެވޭނެ ޖަލެއް ނެތް: ޝަހީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލެވޭނެ ޖަލެއް މިހާރަކު ނެތްކަމަށް އެމަނިކުފާންގެ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު މިގޮތަށް ވިދާޅުވީ ކޮންމެ ވަގުތަކު ރައީސް ނަޝީދު ރާއްޖެއަޔަސް ދާން ޖެހޭނީ ޖަލަށް ކަމަށާއި، ހުކުމް ތަންފީޒު ކުރުން ނޫން ގޮތެއް އެމަނިކުފާންއަށް ނެތްކަމަށް ވިދާޅުވެ، ޕީޕީއެމް ޔާމީން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުﷲ ހަލީލު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައެވެ.

ޝަހީދު ވިދާޅުވީ ނަޝީދު ލެވޭނެ ޖަލެއް ނެތްކަމަށާއި، އެގޮޅި ހުސްކުރެވިފައިވަނީ ރައީސް ޔާމީނަށް ކަމަށެވެ.

ރިޔާސީ އިންތުހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ރައީސް ނަޝީދު ޕްރައިމަރީގައި ވާދަ ކުރައްވާތީ ޕީޕީއެމްއިން ދަނީ ނަޝީދަށް ފާޑު ވިދާޅުވަމުންނެވެ.