Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކްރޫއާ ޒުވާބު ކުރުމުން 6 މަހަށް ފްލައިޓަށް އެރުން މަނާ!

މޯލްޑިވިއަން ބޯޓެއްގެ ކްރޫންތަކެއް، ފޮޓޯ: މޯލްޑިވިއަން ފޭސްބުކް ޕޭޖް

މިދިޔަ ހުކުރު ދުވަހުގެ ރޭ ލ. ކައްދޫއަށް ދަތުރުކުރި މޯލްޑިވިއަން ފްލައިޓުން ދަތުކުރި ޕަސިންޖަރުންތަކެއް އެ ބޯޓުގެ ކެބިން ކުރޫ އާއި ޒުވާބު ކުރި މައްސަލާގައި އޭގެ ތެރެއިން ތިން މީހަކު ހަމަހަށް މޯލްޑިވިއަންގައި ދަތުރު ނުކުރެވޭ ގޮތަށް ލ. އަތޮޅު މެޖިސްޓްރޭޓް ކޯޓުން މަނާކޮށްފިއެވެ.

މި މައްސަލާގައި 5 މީހަކު ފުލުހުންގެ ތަހްގީގަށް ގެންދިޔައެވެ. ނަމަވެސް ދެ މީހަކު ދޫކޮށްލައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި 3 މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ލ.އަތޮޅު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެތިން މީހުންވަނީ ޝަރުތު ތަކަކާއި އެކު ދޫކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ދޫކޮށްލާފައިވަނީ 6 މަސް ދުވަސް ވަންދެން އެއްވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި ދަތުރު ނުކުރެވޭ ގޮތަށެވެ. އަދި މައްސަލަ ތަޙުޤީޤު ކުރަމުންދާތީ ތަޙުޤީޤަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ އަންގާފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގެ މަގުން ދަތުރު ކުރަނީ ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓްތަކެވެ. މޯލްޑިވިއަންގެ ފްލައިޓްތަކުގެ ދަތުރުތަކަށް ނަގާ އަގާއި ދޭ ޚިދުމަތް އެކަށީގެންނުވާ ކަމަށްބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރެއެވެ.