Last Updated: May 13, 11:42
Tuesday, May 13, 2025
ސިޔާސީ

އެމްޑީޕީގެ ގައުމީ ފެންވަރުގެ ޖަލްސާ މާދަމާ ރޭ

އެމްޑީޕީން އައްޑޫގައި ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކުރިން އެ ޖަލްސާ އޮންނާނެ ކަމަށް ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ. އެހެން ނަމަވެސް ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ ހިތަދޫ ކުޑަކުދިންގެ ޕާކާ ދިމާލުގައި ހުންނަ ސްޓޭޖް ސަރަހައްދުގައި ކަމަށް އެމްޑީޕީން ވަނީ ކަށަވަރުކޮށް ދީފަ އެވެ. ޖަލްސާ ފަށާނީ 9:00 ޖަހާ އިރު އެވެ.

މި ޖަލްސާގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ އިތުރުން ދާދި ފަހުން އެ ޕާޓީ އާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިރޭ ފުވައްމުލަކުގައި ވެސް އެމްޑީޕީގެ ބޮޑު ޖަލްސާއެއް އޮންނާނެ އެވެ.