ރިޔާސީ އިންތިހާބްގެ ޕީޕީއެމް ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދީފައިވަނީ އެޕާޓީގެ އަސާސީ ގަވާއިދާއި އެއްގޮތަށް ކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކަމިޝަންގެ އަހްމަދު އަކްރަމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ހަމަޖެއްސީ އެޕާޓީގެ އަސާސީ ގަވާއިދާއި އެއްގޮތަށް ކަމަށާއި، ޕާޓީގެ އަސާސީ ގަވާއިދުގެ މާއްދާތައް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ޕީޕީއެމުން ނިންމީ މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ
ޕީޕީއެމުން ބުނީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ)އާ އެއްގޮތަށެވެ.