Last Updated: June 26, 17:28
Friday, June 26, 2026
ޚަބަރު

ފެނަކައިގެ ގޮފިތައް އެއް ވިޔުގައަކުން ގުޅާލައިފި

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗެއް އެއް ވިއުގައަކުން ގުޅާލުމަށް އުރީދުއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފެނަކަ ބިލްޑިންގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ނަޖީބު ޚާނެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޑިރެކްޓަރު ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ ހުރިހާ އިންޖީނުގޭގެ އޮފީސްތަކާއި މާލޭގައި ހުންނަ ހެޑް އޮފީހުގެ ނެޓްވޯލް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކުންފުނިން މީގެ ކުރިން މިހާ ބޮޑު ނެޓްވޯކް ޕްރޮޖެކްޓެއް ނުހިންގާ ކަމަށާއި މި ނެޓްވޯކުގެ ޚިދުމަތް ދޭނީ އުރީދޫގެ 4ޖީ ނެޓްވޯކު މެދުވެރިކޮށް ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެ އާއި އޮފީސްތައް ހުންނަ 152 ރަށް ގުޅާލަން 170 ކަނެކްޝަން އަޅާނެ ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމާން ވިދާޅުވީ މީގެ ކުރިން ފެނަކައިގެ ހިދުމަތްތައް ދެމުން ގެންދިޔައީ އެކި ނެޓްވާކްތައް ބޭނުންކޮށްގެން ކަމަށާއި އޭގެ ސަބަބުން އެކި ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުން ކަމަށެވެ. ނަމަވެސް މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ހުރިހާ ބްރާންޗްތަކަކަށް އެއް ސްޕީޑެއްގައި އިންޓަނެޓް ދެވޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.