ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކޮށް ފުލުފުލުގައި ދައުވާ އުފުލެމުންދާ ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އިތުރު ދައުވާއެއްގެ ޝަރީއަތް މިއަދު ބާއްވަން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 11 ޖަހާއިރު ފެށުމަށް ތާވަލްކޮށްފައިވަނީ އަލީ ހަމީދުގެ މައްޗަށްކުރާ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުން ކުރުމުގެ ދައުވާގެ ޝަރީއަތެވެ. މިއީ މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެވެ.
އަލީ ހަމީދުގެ މައްޗަށް މީގެ ކުރިން ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށްބުނެ ކުރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް މިހާރުވަނީ ހައިކޯޓުގައި ފަށާފައެވެ.
މީގެ އިތުރުންވެސް އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާވަނީ އަލީ ހަމީދުގެ މައްޗަށް އުފުލިފައެވެ.