އިދިކޮޅު ހަތަރު ލީޑަރުން އެކުގައި ތިބުމަކީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، ރައިސް ޔާމީން ބަލިކުރުމަށްޓަކައި ވަގުތު އޮތްވާ ކޮމަން 1 ކެންޑިޑޭޓަކު ދައްކަން ޖެހޭކަމަށް ޔައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ކޯލީޝަން ރޫޅެމުންދާކަމަށް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ބުނަމުންދާ ވަގުތެއްގައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީ ޓިކެޓް ހޯއްދެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން އަންނަ އިރު އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކު ނިންމައި އިއްލާންކޮށްފައި ނުވެއެވެ. އިއްތިހާދުގައި ހިމެނޭ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޖުމްހުރީ ޕާޓީން ދަނީ ޕާޓީ ވަރުގަދަ ކުރުމަށް ތަފާތު ހަރަކާތް ހިންގަމުންނެވެ.
އެގޮތުން އެމްޑީޕީ އެތެރޭގެ ޕްރައިމަރީއަށް ތައްޔާރުވަމުން އަންނަ އިރު ޖޭޕީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް "ހޭވައްލާ" ނަމުގައި މެމްބަރުން އިތުރު ކުރަން ފަށާފައެވެ.
ޖުމްހުރީ ޕާޓީ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ގުޅުމަށް ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަ ތަކާއި ގުޅިގެން އިއްތުހާދު ބައިބައިވެފައިވާކަމުގެ އަޑުވަނީ ގަދަވެފައެވެ. ނަމަވެސް އިއްތިހާދަށް އަސަރެއް ނުކުރާ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓަކު ނެރެ ޔާމީން ބަލިކުރާނެކަމަށް ދަނީ ބުނަމުންނެވެ.